މައިގަނޑު ބަޔަށް ދާން ފިތާލާ
އައްޑޫ ތަރައްޤީގެ ޕްލޭން⁦2026–2031⁩
އަނބުރާ ޕްލޭނަށް

މީހުން އާބާދުވި ތާރީޚު

ތިރީގައި މިވަނީ 1620 އިން 2025 އަށް އައްޑޫގައި މީހުން އާބާދުވަމުން އައި ގޮތުގެ ޚުލާޞާ ތާރީޚެކެވެ.

ރަށްވެހިން ބަދަލުކުރުމާއި އައު އިދާރާތައް އުފެދުން

1620 ގައި ހިތަދޫ އާބާދުވި ފަހުން، އައްޑޫގެ މީހުން ދިރިއުޅޭ ރަށްރަށަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މި ބަދަލުވުންތައް މައިގަނޑު ގޮތެއްގައި މެދުވެރިވީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި ރޯޔަލް އެއަރ ފޯސް (އާރް.އޭ.އެފް) އިން ގަން އެއަރޕޯޓް ޤާއިމުކުރުމާއި، އޭގެ ފަހުން 1957 ގައި ގަމުގައި އިނގިރޭސި އަސްކަރީ މަރުކަޒު އަލުން ޤާއިމުކުރުމާ ގުޅިގެންނެވެ.

  1. ⁦1620–1648⁩

    އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (އެއްވަނަ) މިހާރުގެ ހިތަދޫ އާބާދުކުރެއްވުން.

  2. 1799

    ހަންކެޑެ ދޫކޮށް މީހުން މަރަދޫގައި އާބާދުވުން.

  3. 1941

    އިނގިރޭސިވިލާތުގެ 150 މެރިން ސިފައިން ވިލިނގިއްޔަށް އައުން. ވިލިނގިލީގެ ރައްޔިތުން ހުވަދުއަތޮޅު މަގުއްދުއަށް ބަދަލުކުރުން.

  4. 1942

    ރޯޔަލް މެރިން އިންޖިނިއަރުން ގަމަށް އައުން. ގަމާއި ފޭދޫގެ ރައްޔިތުން މާމެންދުއަށް ބަދަލުކުރުން. ގަމުގައި ތިން ރަންވޭ އެޅުން.

  5. 1945

    އިނގިރޭސި ސިފައިން އައްޑޫން ފޭބުން.

  6. 1948

    ގަމާއި ފޭދޫގެ ރައްޔިތުން އެނބުރި އަމިއްލަ ރަށަށް އައުން.

  7. 1957

    އިނގިރޭސިން ގަމުގައި އަސްކަރީ މަރުކަޒެއް އެޅުމުގެ މަސައްކަތް ފެށުން. ގަމުގެ ރައްޔިތުން ފޭދުއަށް، އަދި ފޭދޫގެ ރައްޔިތުން މަރަދޫފޭދުއަށް ބަދަލުކުރުން.

  8. 1960

    އިނގިރޭސިންނަށް ގަމާއި މާމެންދޫ 30 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުން.

  9. 1969

    މަރަދޫ އަދި މަރަދޫފޭދޫ އެއީ މަރަދޫގެ ގޮތުގައި، އަދި މީދޫ އަދި ހުޅުދޫ އެއީ އިދާރީގޮތުން ހުޅުމީދޫގެ ގޮތުގައި ކަނޑައެޅުން.

  10. 1975

    މަރަދޫ، މަރަދޫފޭދޫ، ހުޅުދޫ އަދި މީދޫއަކީ އިދާރީގޮތުން ވަކި ރަށްރަށުގެ ގޮތުގައި ކަނޑައަޅައި ހަތަރު އިދާރީ އޮފީސް ޤާއިމުކުރުން.

  11. 1976

    އިނގިރޭސި ސިފައިން ގަމުން ފޭބުން.

  12. 2011

    އައްޑޫ ސިޓީ ކައުންސިލް ޤާއިމުކުރުން.

  13. 2026

    ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ފަހު، ހުޅުދޫ އަދި މީދޫ އަކީ ވަކި އިދާރީ ދެ ދާއިރާގެ ގޮތުގައި ކަނޑައެޅުން.

25,000 ރައްޔިތުން

1976 ގައި އިނގިރޭސިން ގަން ދޫކޮށް ދިޔަ ފަހުން، އެތައް އަހަރެއް ވަންދެން މީހުން ރަށުން ބޭރަށް ހިޖުރަކުރަމުން ދިޔައެވެ.

އަހަރުމިތާ އުޅޭ މީހުން
  1. 1958

    6,500

  2. 1963

    8,547

  3. 1966

    9,501

  4. 1974

    13,524

  5. 1977

    14,094

  6. 1985

    14,957

  7. 1990

    15,177

  8. 1995

    18,004

  9. 2000

    18,515

  10. 2006

    18,026

  11. 2014

    21,275

  12. 2022

    25,062

ގައުމީ އާބާދީގެ ނިސްބަތް⁦1958–2022⁩
0%10%20%30%40%1958196619771990200020142022
އައްޑޫމާލެ

ރާއްޖޭގެ އާބާދީގެ ނިސްބަތުން އައްޑޫގެ ހިއްސާ 1958 ގައި ⁦9%⁩ ގައި ހުރި ނަމަވެސް، 2022 ގައި މި ނިސްބަތް ވަނީ ⁦5.1%⁩ އަށް ތިރިވެފައެވެ. ހަމަ އެމުއްދަތުގެ ތެރޭގައި މާލޭގެ އާބާދީގެ ނިސްބަތް ވަނީ ⁦11%⁩ އިން ⁦40%⁩ އަށް އިތުރުވެފައެވެ.

މި ޕްލޭނަކީ އައްޑޫ އަކީ ވިލުންވެރި، އެންމެންގެ ބައިވެރިވުން އެކުލެވޭ އަދި ދެމެހެއްޓެނިވި ސިޓީއަކަށް ބަދަލުކުރުމަށް އެކުލަވާލާފައިވާ ފުރިހަމަ ބްލޫޕްރިންޓެކެވެ.

ފުރަތަމަ ލަނޑުދަނޑިން ފައްޓަވާ