މައިގަނޑު ބަޔަށް ދާން ފިތާލާ
އައްޑޫ ތަރައްޤީގެ ޕްލޭން⁦2026–2031⁩

އެންމެންނަށް ތަނަވަސްކަން

ފަގީރުކަން ނައްތާލުމާ ގާތަށް ގެންދިއުމާއި 500 ވިޔަފާރިއަކަށް އެހީތެރިކަން ފޯރުކޮށްދިނުން

އައްޑޫ ސިޓީގެ އަމާޒަކީ އެންމެނަށް ހަމަހަމަ ފުރުސަތުތަކެއް އޮތް، ހަރަކާތްތެރި، އީޖާދީ އަދި ޑިޖިޓަލް އިގްތިސާދެއް ބިނާކޮށް، ފަޤީރުކަން ނައްތާލުމެވެ. އަމިއްލަ މަސައްކަތްތެރިކަމާއި، މުސްތަގުބަލަށް ބޭނުންވާ ހުނަރުތަކާއި، ޑިޖިޓަލް އުމްރާނީ ވަސީލަތްތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން މާލީ އެހީތެރިކަމާއި މާކެޓްތަކަށް އޮތް ފުރުސަތުތައް ފުޅާކުރުމުން، ފެންވަރު ރަނގަޅު ވަޒީފާގެ ފުރުސަތުތައް އުފެދި، އަމިއްލަ ވިޔަފާރިތައް ބާރުވެރިވެ، އިގްތިސާދީ ދެމެހެއްޓެނިވިކަން ވަރުގަދަވާނެއެވެ. އަންހެނުންނާއި، ޒުވާނުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އަދި މުޖުތަމައުގެ އެހީތެރިކަން ބޭނުންވާ އެހެނިހެން ފަރާތްތަކަށް ހާއްސަ އެހީތެރިކަން ފޯރުކޮށްދިނުމުން، ކޮންމެ ރައްޔިތަކަށްވެސް އިގްތިސާދީ ކުރިއެރުމުގައި ބައިވެރިވެ، އޭގެ މަންފާ ހޯދުމުގެ ފުރުސަތު ލިބި، އެންމެން ހިމެނޭ ތަނަވަސް އަދި ފާގަތި ދިރިއުޅުމެއް ކަށަވަރުވެގެންދާނެއެވެ.

މިހާރުގެ ހާލަތު

ފަގީރުކަމުގައި ދިރިއުޅޭ މީހުން
326ފަގީރުކަމުގައި ދިރިއުޅޭ މީހުން
ހާއްސަ އެހީއަށް ބޭނުންވާ މީހުން
668ހާއްސަ އެހީއަށް ބޭނުންވާ މީހުން
ރަޖިސްޓްރީކޮށްފައިވާ ކުންފުނިތައް
318ރަޖިސްޓްރީކޮށްފައިވާ ކުންފުނިތައް
ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް
580ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް
ޕާޓްނަރޝިޕްތައް
15ޕާޓްނަރޝިޕްތައް

އަމާޒުތައް

  1. އަމާޒު 10.1

    2029 ގެ ނިޔަލަށް ފަގީރުކަން ނައްތާލުމާ ގާތަށް ދަށްކުރުން.

  2. އަމާޒު 10.2

    2030 ގެ ނިޔަލަށް 500 ވިޔަފާރިއަކާއި އަލަށް ފަށާ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.

  3. އަމާޒު 10.3

    2030 ގެ ނިޔަލަށް އައްޑޫ ސިޓީ ކައުންސިލްގެ ⁦100%⁩ ޚިދުމަތް އެއް ޑިޖިޓަލް ޕްލެޓްފޯމެއް މެދުވެރިކޮށް އޮންލައިންކޮށް ފޯރުކޮށްދިނުމާއި، ⁦90%⁩ މުއާމަލާތްތައް ޑިޖިޓަލްކޮށް ފުރިހަމަވުން.

  4. އަމާޒު 10.4

    2028 ގެ ނިޔަލަށް ފަތުރުވެރިކަމާއި، ވިޔަފާރިއާއި، ތައުލީމާއި، ސިއްހީ އަދި އާންމު މުހިންމު ސަރަހައްދުތަކުގައި ހިލޭ ހައި-ސްޕީޑް ޕަބްލިކް ވައި-ފައި ފޯރުކޮށްދިނުން.

  5. އަމާޒު 10.5

    2029 ގެ ނިޔަލަށް 500 ރަށު ވިޔަފާރިތަކާއި ވިޔަފާރިވެރިން އޮންލައިންކޮށް މުދަލާއި ޚިދުމަތް ވިއްކާ މުޅި ސިޓީއަށް އަމާޒުކުރެވިފައިވާ ޑިޖިޓަލް މާކެޓްޕްލޭސްއެއް ގާއިމުކުރުން.

  6. އަމާޒު 10.6

    2030 ގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ ⁦100%⁩ ވިޔަފާރިތަކަށް ރައްކާތެރި ޑިޖިޓަލް ޕޭމަންޓް ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ރީޓެއިލް މުއާމަލާތްތަކުގެ ⁦90%⁩ ނަގުދު ފައިސާއާ ނުލައި ފުރިހަމަކުރެވޭނެކަން ކަށަވަރުކުރުން.

ސްޓްރެޓެޖީތަކާއި އަޅާނެ ފިޔަވަޅުތައް

ތިރީގައިވާ ކޮންމެ ހަރަކާތަކާމެދު ދެކެވަޑައިގަންނަވާ ގޮތް އަޅުގަނޑުމެންނާ ހިއްސާކުރައްވާށެވެ. ޚިޔާލު ފާޅުކުރުމަށް އެންމެ ފިތާލުމެއް، އަދި ސަބަބު ބަޔާންކުރައްވަން ބޭނުންފުޅުނަމަ ކޮމެންޓް ބޮކްސްއެއް ވެއެވެ.

ތިބާ ޚިޔާލު ދެއްވާފައިވަނީ 24 ހަރަކާތުގެ ތެރެއިން ހަރަކާތަށެވެ

  1. ސްޓްރެޓެޖީ 01: ފަގީރުކަން ނައްތާލުމަށްޓަކައި އެންމެންގެ ބައިވެރިވުން ހިމެނޭ އިގުތިސާދެއް ބިނާކުރުން

    • ހުނަރު ތަރައްގީކުރުމުގެ ޕްރޮގްރާމެއް ތަންފީޒުކުރުން

    • އެޕްރެންޓިސްޝިޕް ސްކީމަކާއި ވަޒީފާ ހޯދައިދޭ (ޖޮބް މެޗިންގ) ޚިދުމަތެއް ގާއިމުކުރުން

    • މައިކްރޯ ފައިނޭންސް އަދި ބޭންކިންގ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކުރުން

    • ޚާއްސަ އިޖުތިމާއީ އެހީތެރިކަމާއި ކޭސް މެނޭޖްމަންޓް ފޯރުކޮށްދިނުން

  2. ސްޓްރެޓެޖީ 02: ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި (އެސް.އެމް.އީ) ރަށު ފެންވަރުގެ ވިޔަފާރިތައް ކުރިއެރުވުން

    • އަތްފޯރާ ފަށުގައި އެސް.އެމް.އީ ފައިނޭންސިންގ ސްކީމެއް ގާއިމުކުރުން

    • އަހަރީ އައްޑޫ ބިޒްނަސް ފެއަރ އިންތިޒާމުކުރުން

    • ކޯ-ވޯކިންގ ސްޕޭސް އަދި އިންކިއުބޭޝަން ޕްރޮގްރާމެއް ގާއިމުކުރުން

    • ފްރީލާންސް އަދި ރިމޯޓްކޮށް މަސައްކަތްކުރުމުގެ ޕްރޮގްރާމެއް އިފްތިތާހުކުރުން

  3. ސްޓްރެޓެޖީ 03: ރަށު ފެންވަރުގެ ސަޕްލައި ޗޭން ވަރުގަދަކުރުން

    • ކޯލްޑް ޗޭން ފެސިލިޓީއެއް ގާއިމުކުރުން

    • ރަށްރަށުގެ ފެންވަރުގައި ކުދި ކޯލްޑް ސްޓޯރޭޖް ޔުނިޓްތައް ތަރައްގީކުރުން

    • ފިނިކުރި އުޅަނދުފަހަރާއި އެއްގަމު އުޅަނދުތައް ތައާރަފުކުރުން

    • ކޯލްޑް ޗޭން ބެލެހެއްޓުމާއި ލޮޖިސްޓިކްސްއާ ގުޅޭ ތަމްރީނު ދިނުން

  4. ސްޓްރެޓެޖީ 04: ޑިޖިޓަލް އިނޮވޭޝަން ހަބް

    • އައްޑޫ ޑިޖިޓަލް ސްކިލްސް އެންޑް އިނޮވޭޝަން ސެންޓަރެއް ގާއިމުކުރުން

    • ހުރިހާ ޚިދުމަތްތަކަކަށް ޚާއްސަ ޑިޖިޓަލް ސިޓީ ޕްލެޓްފޯމެއް ތަރައްގީކުރުން

    • މުހިންމު ސިއްހީ، ފަތުރުވެރިކަމުގެ އަދި ވިޔަފާރި ސަރަހައްދުތަކަށް އާންމު ވައިފައި ފޯރުކޮށްދިނުން

    • އެސް.އެމް.އީސް ގޯ ޑިޖިޓަލް އަދި އީޖާދީ ސްޓާޓްއަޕް ގްރާންޓްތައް ތައާރަފުކުރުން

  5. ސްޓްރެޓެޖީ 05: އައްޑޫ ޑިޖިޓަލް މާކެޓްޕްލޭސް

    • އައްޑޫ މާކެޓްޕްލޭސް ގާއިމުކުރުން

    • ޑިޖިޓަލް ފައިނޭންސް އަދި ފައިސާ ދެއްކުމުގެ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ފެށުން

    • އިތުބާރު ހުރި ޑެލިވަރީ އަދި ޑިޖިޓަލް ކާގޯ ބުކިންގ ޚިދުމަތެއް ގާއިމުކުރުން

    • އައްޑޫއާއި މާލެއާ ދެމެދު ކޮންޓޭނަރ ފެރީގެ ޚިދުމަތެއް ގާއިމުކުރުން

  6. ސްޓްރެޓެޖީ 06: ޑިޖިޓަލް މާކެޓިންގ އަދި ބްރޭންޑިންގ

    • ސޯޝަލް މީޑިއާ އަދި އޭ.އައި އެހީގައި މާކެޓްކުރުމަށް ވިޔަފާރިތަކަށް ތަމްރީނުދިނުން

    • އަންހެނުން ޑިޖިޓަލީ ބާރުވެރިކުރުވުމުގެ ޕްރޮގްރާމެއް ފެށުން

    • "އޮންލައިންކޮށް އާމްދަނީ ހޯދުން" މި މައުޟޫއަށް އާންމުން ހޭލުންތެރިކުރުވުމުގެ ކެމްޕޭނެއް ހިންގުން

    • "މޭޑް އިން އައްޑޫ" ބްރޭންޑިންގ ތަރައްގީކުރުން