މައިގަނޑު ބަޔަށް ދާން ފިތާލާ
އައްޑޫ ތަރައްޤީގެ ޕްލޭން⁦2026–2031⁩

ދެކުނު ގުޅުވުން

ކޮންމެ ދުވަހަކު ގުޅިފައިވާ އެއް ދެކުނު ސަރަޙައްދު

އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީ އަދި ހުވަދޫ އަތޮޅު އިތުބާރު ހުރި ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަކީ ދެކުނުގެ އިގްތިސާދީ ސަރަހައްދެއް ބިނާކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި އަސާސެކެވެ. ކޮންމެ ދުވަހަކު ފޯރުކޮށްދެވޭ ފަސިންޖަރުންގެ ހިދުމަތުގެ ސަބަބުން ސިއްހީ ފަރުވާއާއި، ތައުލީމާއި، ވަޒީފާގެ ފުރުސަތުތަކަށް ރައްޔިތުންނަށް އޮތް މަގުފަހިވެ، ފަތުރުވެރިންނަށް މުޅި ދެކުނަކީ އެއް މަންޒިލެއްގެ ގޮތުގައި ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ކޮންމެ ދުވަހަކު ފޯރުކޮށްދެވޭ މުދާ އުފުލުމުގެ ހިދުމަތުގެ ސަބަބުން ބޭހާއި، ލެބޯޓްރީ ސާމްޕަލްތަކާއި، ތާޒާ ކާނާއާއި، މަސްވެރިކަމުގެ އުފެއްދުންތަކުގެ އިތުރުން އީ-ކޮމާރސް ޕާރުސަލްތަކާއި އަސާސީ މުދާ އަވަހަށް ފޯރުކޮށްދެވި، ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވާނެއެވެ. މި އަމާޒު ހާސިލުކުރެވޭނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އާ ބައިނަލްއަގުވާމީ ދަތުރުތައް އިތުރުކޮށް، ސަރަހައްދީ ފްލައިޓްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމާއި، އަވަހަށް ފޯރުކޮށްދޭންޖެހޭ ތަކެއްޗަށް ޑްރޯން ކާގޯގެ ހިދުމަތް ތައާރަފުކުރުމާއި، އަދި އިސްތިރާތީޖީ ގޭޓްވޭ ޕޯޓެއް ތަރައްގީކުރުމަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ އެހީގައެވެ.

މިހާރުގެ ހާލަތު

ރައްޔިތުން
56,187ރައްޔިތުން
04 ހުވަދޫގައި، 01 ފުވައްމުލަކުގައި
06 އެއާޕޯޓް04 ހުވަދޫގައި، 01 ފުވައްމުލަކުގައި
ހަތަރު އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތައް
22ހަތަރު އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތައް
2,865 އެނދާއެކު
11 ރިސޯޓް + 02 ހޮޓާ2,865 އެނދާއެކު
978 އެނދާއެކު
72 ގެސްޓްހައުސް978 އެނދާއެކު

އަމާޒުތައް

  1. އަމާޒު 3.1

    2028 ވަނަ އަހަރުގެ ނިޔަލަށް އައްޑޫއިން ބައިނަލްއަޤްވާމީ 4 މަންޒިލަކާއި ސީދާ ވައިގެ ދަތުރުފަތުރުން ގުޅުވާލުން.

  2. އަމާޒު 3.2

    2028 ވަނަ އަހަރުގެ ނިޔަލަށް ދެކުނުގެ އަތޮޅުތަކުގެ މެދުގައި ކޮންމެ ދުވަހަކު ފަސިންޖަރުން ދަތުރުފަތުރުން ގުޅުވާލުން.

  3. އަމާޒު 3.3

    2028 ވަނަ އަހަރުގެ ނިޔަލަށް ދެކުނުގެ އަތޮޅުތަކުގެ މެދުގައި ކޮންމެ ދުވަހަކު ކާގޯ ދަތުރުފަތުރުން ގުޅުވާލުން.

ސްޓްރެޓެޖީތަކާއި އަޅާނެ ފިޔަވަޅުތައް

ތިރީގައިވާ ކޮންމެ ހަރަކާތަކާމެދު ދެކެވަޑައިގަންނަވާ ގޮތް އަޅުގަނޑުމެންނާ ހިއްސާކުރައްވާށެވެ. ޚިޔާލު ފާޅުކުރުމަށް އެންމެ ފިތާލުމެއް، އަދި ސަބަބު ބަޔާންކުރައްވަން ބޭނުންފުޅުނަމަ ކޮމެންޓް ބޮކްސްއެއް ވެއެވެ.

ތިބާ ޚިޔާލު ދެއްވާފައިވަނީ 12 ހަރަކާތުގެ ތެރެއިން ހަރަކާތަށެވެ

  1. ސްޓްރެޓެޖީ 01: ވައިގެ މަގުން ގުޅުވާލުން

    • ގަން އެއާޕޯޓުގެ ޓާމިނަލް ވަސީލަތްތައް އަޕްގްރޭޑްކުރުން

    • މެދުއިރުމައްޗާއި އިރުމަތީ އޭޝިއާއަށް ރޫޓުތައް ތަރައްޤީކުރުން

    • ހުވަދޫ އަދި ފުވައްމުލަކަށް ކޮންމެ ދުވަހަކު އޮންނަ ގުޅުން ދެމެހެއްޓުން

    • ސީޕްލޭންގެ ޚިދުމަތް ފެށުން

  2. ސްޓްރެޓެޖީ 02: އެއާ ކާގޯ ހަބް

    • ޑްރޯން ކޮރިޑޯ އަދި ލޮޖިސްޓިކްސް ތަރައްޤީކުރުން

    • ޑްރޯން ވާޓިޕޯޓް އަދި ވާޓިސްޓޮޕްތައް ޤާއިމުކުރުން

    • ޔޫ.އޭ.އެސް އަށް ޓްރެފިކް މެނޭޖްމަންޓް ޚިދުމަތްތައް ފަސޭހަކޮށްދިނުން

    • އެއާ ކާގޯ ކޯލްޑް ޗެއިން ލޮޖިސްޓިކްސް ފުޅާކުރުން

  3. ސްޓްރެޓެޖީ 03: ސްޓްރެޓީޖިކް ގޭޓްވޭ ބަނދަރު

    • ރޯރޯ (RoRo) އަދި ބޮޑެތި މެޝިނަރީތަކަށް އައު ބަނދަރު ތަރައްޤީކުރުން

    • ކޮންޓެއިނާރ ޓާމިނަލެއް ޤާއިމުކުރުން

    • ޕޭވްކުރެވިފައިވާ ރޯރޯ (RoRo) ޔާޑެއް ޤާއިމުކުރުން

    • މެޝިނަރީ އަދި އިކުއިޕްމަންޓް ހަބެއް ޤާއިމުކުރުން