މައިގަނޑު ބަޔަށް ދާން ފިތާލާ
އައްޑޫ ތަރައްޤީގެ ޕްލޭން⁦2026–2031⁩

ރައްކާތެރި ފެން

އިޔާދަކުރަނިވި ހަކަތައިން ހިންގާ ޑީސެލިނޭޝަނާއި އެންމެންނަށް ވާރޭފެން

އައްޑޫ ސިޓީގެ ފެނުގެ ރައްކާތެރިކަން ދިގުމުއްދަތަކަށް ކަށަވަރުކުރުމަށްޓަކައި މައިގަނޑު ފަސް ވަސީލަތެއް ބޭނުންކުރެވޭނެ - އޭގެ ތެރޭގައި ޑީސެލިނޭޝަން، ގޭބިސީތަކާއި އާންމު ފެންވަރުގައި ވާރޭފެން ރައްކާކުރުމާއި، ރައްކާތެރިގޮތުގައި ވަޅުފެން ބޭނުންކުރުމާއި، ސާފުކުރެވިފައިވާ ނަޖިސްފެން އަލުން ބޭނުންކުރުމުގެ އިތުރުން މިނަރަލައިޒްޑް ބޯފެން ފުޅީގައި ބަންދުކޮށްގެން ފޯރުކޮށްދިނުން ހިމެނެއެވެ. ފެން ޑީސެލިނޭޝަން ނިޒާމު ހިންގުމުގައި އިރުގެ ހަކަތައާއި ބެޓެރި ސްޓޯރޭޖް ބޭނުންކުރެވޭނެއެވެ. ވާރޭފެން ރައްކާކުރާ ނިޒާމުތައް ފުޅާކޮށް، ގޭބިސީތަކަށާއި އާންމު ބޭނުންތަކަށް ބޭނުންވާ ފެން ރައްކާކުރެވޭއިރު، ވަޅުފެން ބޭނުންކުރާނީ މައިގަނޑު ގޮތެއްގައި ގަސްގަހާގެއްސަށް ފެންދިނުމަށެވެ. ނަރުދަމާގެ ނިޒާމު ފުޅާކޮށް، އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ނަޖިސްފެން ސާފުކުރުމުން، އެ ފެން ދަނޑުވެރިކަމަށާއި އެ ނޫންވެސް ބޯން ބޭނުންކުރާ ފެން ފިޔަވައި އެހެނިހެން ކަންކަމުގައި ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން، އައްޑޫގައި އުފައްދާ މިނަރަލައިޒްޑް ބޯފެން، ތިމާވެށްޓާ ރައްކާތެރި ބިއްލޫރި ފުޅީގައާއި ބޮޑެތި ކޮންޓޭނަރުތަކުގައި ގޭބިސީތަކަށާއި، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށާއި، އޮފީސްތަކަށް ފޯރުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

މިހާރުގެ ހާލަތު

ރައްޔިތުން
35,000ރައްޔިތުން
ބޮލަކަށް ދުވާލަކަށް ބޭނުންވާ ފެން
85 ލީޓަރުބޮލަކަށް ދުވާލަކަށް ބޭނުންވާ ފެން
ދުވާލަކަށް ބޭނުންވާ ބޯފެން
⁦3,000 cbm⁩ދުވާލަކަށް ބޭނުންވާ ބޯފެން
ޑީސެލިނޭޓްކުރި ފެނުގެ cbm އެއް އުފެއްދުމަށް
⁦4 kWh⁩ޑީސެލިނޭޓްކުރި ފެނުގެ cbm އެއް އުފެއްދުމަށް
ފެން އުފެއްދުމަށް ދުވާލަކަށް ބޭނުންވާ
⁦12,000 kWh⁩ފެން އުފެއްދުމަށް ދުވާލަކަށް ބޭނުންވާ

އަމާޒުތައް

  1. އަމާޒު 4.1

    2028 ވަނަ އަހަރާ ހަމައަށް އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ދުވާލަކު ⁦3,000 cbm⁩ ގެ ޑީސެލިނޭޓްކުރި ފެން އުފެއްދުން.

  2. އަމާޒު 4.2

    ހުރިހާ ގެއެއްގައި ރައްކާތެރިކަމާއެކު ވާރޭފެން ނަގައި ރައްކާކުރާނެ ތާންގީ ބެހެއްޓުން.

  3. އަމާޒު 4.3

    2028 ވަނަ އަހަރާ ހަމައަށް ގޭބިސީތަކުގައި މުޅި ގޭގެ ފެން ފިލްޓަރުކުރާ ނިޒާމު ޤާއިމުކުރުމަށް މަގުފަހިކުރުން.

  4. އަމާޒު 4.4

    2026 ގެ ބޭސްލައިނާ އަޅާބަލާއިރު ލޮނުކަމާއި، ނައިޓްރޭޓް، ނުވަތަ ނަޖިހުގެ އަސަރު ފާހަގަކުރެވޭ މިންވަރަކަށް އިތުރުވިޔަނުދީ، އައްޑޫ ސިޓީގެ މޮނިޓަރިންގ ސްޓޭޝަންތަކުގެ މަދުވެގެން ⁦90%⁩ ގައި ބިމުގެ އަޑީގެ ފެނުގެ ފެންވަރު ހިފެހެއްޓުން ނުވަތަ ރަނގަޅުކުރުން.

  5. އަމާޒު 4.5

    2028 ވަނަ އަހަރާ ހަމައަށް ހުރިހާ ގޭބިސީއަކަށް އެއްހަމައެއްގައި ނަރުދަމާގެ ޚިދުމަތް ކަށަވަރުކުރުން.

  6. އަމާޒު 4.6

    2030 ވަނަ އަހަރާ ހަމައަށް ނަޖިސްފެން އަލުން ބޭނުންކުރާ ގޭބިސީތަކުގެ ނިސްބަތް ⁦25%⁩ އަށް އިތުރުކުރުން.

ސްޓްރެޓެޖީތަކާއި އަޅާނެ ފިޔަވަޅުތައް

ތިރީގައިވާ ކޮންމެ ހަރަކާތަކާމެދު ދެކެވަޑައިގަންނަވާ ގޮތް އަޅުގަނޑުމެންނާ ހިއްސާކުރައްވާށެވެ. ޚިޔާލު ފާޅުކުރުމަށް އެންމެ ފިތާލުމެއް، އަދި ސަބަބު ބަޔާންކުރައްވަން ބޭނުންފުޅުނަމަ ކޮމެންޓް ބޮކްސްއެއް ވެއެވެ.

ތިބާ ޚިޔާލު ދެއްވާފައިވަނީ 12 ހަރަކާތުގެ ތެރެއިން ހަރަކާތަށެވެ

  1. ސްޓްރެޓެޖީ 01: އިއާދަކުރަނިވި ހަކަތައިން ފެން އުފައްދާ ނިޒާމު ހިންގުން

    • ފެން އުފައްދާ މިންވަރު ދުވާލަކު ⁦3,000 cbm⁩ އަށް އިތުރުކުރުން

    • ފެން އުފެއްދުމަށްޓަކައި 3 މެގަވޮޓް ޕީކްގެ ސޯލާ ޕީވީ ހަރުކުރުން

    • ފެން އުފެއްދުމަށްޓަކައި ⁦8 MWh⁩ ގެ ބެޓެރި ސްޓޯރޭޖް ގާއިމުކުރުން

    • ⁦6,000 cbm⁩ ގެ ފެން ރައްކާކުރެވޭނެ ނިޒާމެއް ގާއިމުކުރުން

  2. ސްޓްރެޓެޖީ 02: ވާރޭފެނާއި ބިމުގެ ފެން ރައްކާކޮށް ބޭނުންކުރުން

    • ހުރިހާ ގެއަކަށް ރައްކާތެރި ވާރޭފެން ރައްކާކުރާ ތާންގީ ފޯރުކޮށްދިނުން

    • ގޭބިސީތަކުގައި ބޭނުންކުރާ ހުރިހާ ފެނެއް ސާފުކުރެވޭނެ ފިލްޓްރޭޝަން ނިޒާމު މަގުފަހިކުރުން

    • މުޖުތަމައުއަށް ބޭނުންވާ ވާރޭފެން ރައްކާކުރާ ތާންގީތައް ބިނާކުރުން

    • ބިމުގެ ފެން ބޭނުންކުރުމާއި ރައްކާތެރިކުރުމާ ބެހޭ އުސޫލުތައް އެކުލަވާލުން

  3. ސްޓްރެޓެޖީ 03: ނަރުދަމާގެ ނިޒާމުން ފެން ރަނގަޅު ފެންވަރަކަށް ސާފުކުރުން

    • ހުރިހާ ގެއަކަށް ނަރުދަމާގެ ހިދުމަތް ފުޅާކުރުން

    • ނަޖިހާއި ނުސާފު ފެން ސާފުކުރާ ނިޒާމު އަޕްގްރޭޑްކުރުން

    • ނަރުދަމާގެ ނިޒާމަށް ސޯލާ ޕީވީ ގުޅުވާލުން

    • ސާފުކުރެވޭ ފެން އަލުން ބޭނުންކުރުމަށާއި، 'ނަޖިހުން ކޮމްޕޯސްޓް ހެދުމަށް' އިންވެސްޓްކުރުން