ލަނޑުދަނޑި 11 / 12
ތަފާތު ޓޫރިޒަމް
ބިޔޯންޑް ދަ ބީޗް — ގުދުރަތީ ވެއްޓާއި ދުޅަހެޔޮކަން ގުޅިލާމެހިފައި
އައްޑޫ ވެގެންދާނީ "ބިޔޯންޑް ދަ ބީޗް" — ގުދުރަތީ ވެއްޓާއި ދުޅަހެޔޮކަން ގުޅިލާމެހިފައިވާ މަންޒިލަކަށެވެ. ދުނިޔޭގެ ފެންވަރުގެ ވަައިލްޑްލައިފް ތަޖުރިބާތަކާއި، ސިއްހީ ދުޅަހެޔޮކަން އަދި ހަރަކާތްތެރި ދިރިއުޅުމުގެ އާދަތައް އެއްފުރާޅެއްގެ ދަށަށް ގެނެސް، މުޅި އަހަރު ދުވަހު ފަތުރުވެރިން ޒިޔާރަތްކުރާނެ ހާއްސަ އިގްތިސާދެއް ބިނާކުރެވޭނެއެވެ. ޑައިވިންގާއި ގުދުރަތީ މާހައުލުގައި ކުރެވޭ އެކި ހަރަކާތްތަކުގެ ތެރެއިން އެންމަޑިއާއި، ފެހުރިހި، ކޯމަސް، ވެލާ، ދޮންދީޏި އަދި ހިތްގައިމު މުރަކައިގެ ފަރުތައް ބަލާލުމުގެ ފުރުސަތު ފަތުރުވެރިންނަށް ލިބިގެންދާނެއެވެ. ހަމައެއާއެކު، ވެލްނަސް ރިޓްރީޓްތަކާއި، ސިއްހަތަށް ފައިދާހުރި ދިވެހި ކާނާއާއި، ބޭރުތެރޭގައި ހިންގޭ މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ފޯރުކޮށްދޭ ހާއްސަ ސިއްހީ ހިދުމަތްތަކުގެ ސަބަބުން، އައްޑޫއަކީ ހަށިގަނޑާއި ސިއްހީ ދުޅަހެޔޮކަން އިޔާދަކޮށްދޭނެ މަރުކަޒަކަށް ވެގެންދާނެއެވެ. މިކަންކަމަށް މަގުފަހިކުރުމަށްޓަކައި ތިމާވެށްޓާ ރައްކާތެރި އިކޯ-ލޮޖްތަކާއި ބޯހިޔާވަހިކަން ގާއިމުކޮށް، ދިވެހިވަންތަ ހަގީގީ ތަޖުރިބާތަކެއް ފޯރުކޮށްދެވޭނެއެވެ.
މިހާރުގެ ހާލަތު
- އައްޑޫގައި ރަޖިސްޓްރީކޮށްފައިވާ 03 ރިސޯޓުގައި
- 824އައްޑޫގައި ރަޖިސްޓްރީކޮށްފައިވާ 03 ރިސޯޓުގައި
- 20 ގެސްޓްހައުސް އަދި 01 ހޮޓަލުގައި
- 47220 ގެސްޓްހައުސް އަދި 01 ހޮޓަލުގައި
- 2025 ގައި އައްޑޫއަށް ޒިޔާރަތްކުރި ފަތުރުވެރިން
- 20,0312025 ގައި އައްޑޫއަށް ޒިޔާރަތްކުރި ފަތުރުވެރިން
- 2025 ގައި ހުވަދޫ އަދި ފުވައްމުލަކަށް ޒިޔާރަތްކުރި ފަތުރުވެރިން
- 62,2912025 ގައި ހުވަދޫ އަދި ފުވައްމުލަކަށް ޒިޔާރަތްކުރި ފަތުރުވެރިން
- ގަން އިންޓަރނޭޝަނަލް އެއާޕޯޓުން އައި ފަރާތްތައް
- 7,600ގަން އިންޓަރނޭޝަނަލް އެއާޕޯޓުން އައި ފަރާތްތައް
އަމާޒުތައް
އަމާޒު 11.1
2030 ގެ ނިޔަލަށް އައްޑޫ ސިޓީގެ ޓޫރިސްޓް އެނދުގެ އަދަދު 4,000 އެނދަށް އިތުރުކުރުން.
އަމާޒު 11.2
2029 ގެ ނިޔަލަށް ބައިނަލްއަގުވާމީ 700,000 ބެޑްނައިޓްސް ހާސިލުކުރުން.
އަމާޒު 11.3
2029 ގެ ނިޔަލަށް މެޑިކަލް އަދި ވެލްނަސްގެ ދާއިރާއިން 20,000 ފަތުރުވެރިން ގެނައުން
ސްޓްރެޓެޖީތަކާއި އަޅާނެ ފިޔަވަޅުތައް
ތިރީގައިވާ ކޮންމެ ހަރަކާތަކާމެދު ދެކެވަޑައިގަންނަވާ ގޮތް އަޅުގަނޑުމެންނާ ހިއްސާކުރައްވާށެވެ. ޚިޔާލު ފާޅުކުރުމަށް އެންމެ ފިތާލުމެއް، އަދި ސަބަބު ބަޔާންކުރައްވަން ބޭނުންފުޅުނަމަ ކޮމެންޓް ބޮކްސްއެއް ވެއެވެ.
ތިބާ ޚިޔާލު ދެއްވާފައިވަނީ 24 ހަރަކާތުގެ ތެރެއިން — ހަރަކާތަށެވެ
ސްޓްރެޓެޖީ 01: ދެކުނުގެ ގޭޓްވޭ މެރީނާ
ކެފޭތަކާއި، ރެސްޓޯރެންޓްތަކާއި، ފިހާރަތަކާއި އަދި ސީފުޑް މާރުކޭޓް އެޅުން
ވޯޓަރފްރަންޓް ސްޕާ، ޖިމް އަދި ވެލްނެސް ސްޓޫޑިއޯ ތަރައްޤީކުރުން
ތެލާއި، ފެނާއި، ކަރަންޓު އަދި ކުނި ބަލައިގަންނަ ވަސީލަތްތައް ފޯރުކޮށްދިނުން
މަރާމާތުކުރުމާއި އިންޖިނިއަރިންގެ ޚިދުމަތްތައް ޤާއިމުކުރުން
ސްޓްރެޓެޖީ 02: ވެލްނެސް ރިޒޯޓްތަކާއި ބުޓީކް ލޮޖްތައް
ހަންކެޑެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް
ދޮންހެރަ އަދި ސަވާހިލީގައި ވެލްނެސް ރިޒޯޓްތައް ތަރައްޤީކުރުން
ދޫގަސް އަދި ގަން އެއަރޕޯޓުގައި ބުޓީކް ހޮޓާތައް ތަރައްޤީކުރުން
ފޭދޫ، މަރަދޫ އަދި ހިތަދޫ ޓޫރިޒަމް ޒޯން ލޮޖްތައް
ސްޓްރެޓެޖީ 03: ދުނިޔޭގެ ފެންވަރުގެ ވައިލްޑްލައިފް ތަޖުރިބާތައް
ފީނުމުގެ މަންޒިލެއްގެ ގޮތުގައި އައްޑޫ ޕްރޮމޯޓްކުރުން
އަހަރީ ޑައިވް ހަރަކާތްތަކާއި ފޯރަމް އިންތިޒާމުކުރުން
ފެތިފައިވާ ބޯޓުތަކަށް ފީނުމާއި ތާރީޚީ ތަންތަނަށް ފީނުން ޕްރޮމޯޓްކުރުން
ސަނަދު ލިބިފައިވާ ވައިލްޑްލައިފް ގައިޑުންނާއި ޑައިވް އިންސްޓްރަކްޓަރުން ތަމްރީނުކުރުން
ސްޓްރެޓެޖީ 04: އިކުއޭޓޯރިއަލް ދެކުނުގެ ޞިއްޙީ މަރުކަޒު (ހެލްތު ހަބް)
އޭއީއެޗް ބައިނަލްއަޤްވާމީ ފެންވަރަށް އެކްރެޑިޓްކުރުން
ކަށީގެ ބަލިތަކާއި، ލޮލުގެ ބަލިތަކާއި، ކަންފަތް، ކަރުންމަތީގެ ބަލިތައް އަދި ދަތުގެ ފަރުވާ އިތުރަށް ހަރުދަނާކުރުން
ދަރިމައިވުމުގެ ފަރުވާއާއި، އެސްތެޓިކް އަދި އެންޓި-އޭޖިންގ ފަރުވާ ޤާއިމުކުރުން
ޑައިގްނޯސްޓިކްސް، ޓެލެމެޑިސިން އަދި ސާޖަރީގެ ޚިދުމަތްތައް ކުރިއެރުވުން
ސްޓްރެޓެޖީ 05: ކުޅިވަރާއި، އިވެންޓްތައް އަދި ލައިފްސްޓައިލް ޓޫރިޒަމް
މޫސުމަށް އެކަށޭނަ ގޮތަށް ފިނިހޫނުމިން ބެލެހެއްޓޭ، މުބާރާތްތައް ބޭއްވޭ ފެންވަރުގެ އިންޑޯ ސްޓޭޑިއަމެއް އެޅުން
ފީފާ މިންގަނޑަށް ފެތޭ ފުރިހަމަ ސައިޒުގެ އައުޓްޑޯ ޓްރެއިނިންގ ދަނޑެއް ޤާއިމުކުރުން
ފިޓްނަސް، ސައުނާ، ޕްލަންޖް ޕޫލް އަދި ފަރުވާ ހޯދާނެ ޖާގަތައް ތަރައްޤީކުރުން
ކޮންވެންޝަން ސެންޓަރާއި، ވޯޓަރ ތީމް ޕާކް އަދި އެކުއަޓިކް ސެންޓަރެއް ތަރައްޤީކުރުން
ސްޓްރެޓެޖީ 06: ޞިއްޙަތަށް ފައިދާހުރި ކާނާގެ މަންޒިލެއް
ފޭދޫ އަދި މަރަދޫ ވޯޓަރފްރަންޓް ތަރައްޤީކުރުން
މަރަދޫ-ފޭދޫ ސަންސެޓް މާރުކޭޓްތަކާއި ކާބޯތަކެތި ވިއްކާ ސްޓޯލްތައް ތަރައްޤީކުރުން
'އައްޑޫ ޑިލައިޓްސް' ބްރޭންޑްކޮށް މާކެޓްކުރުން
އައްޑޫ ކުކުޅު ރިހައާއި ފޮޅި ޕްރޮމޯޓްކޮށް ބްރޭންޑްކުރުން

