ލަނޑުދަނޑި 1 / 12
އަވިން ކަރަންޓު
ކޮންމެ ގެއަކީ އިއާދަކުރަނިވި ހަކަތަ އުފައްދާ ތަނަކަށް ހެދުން
އައްޑޫ ސިޓީގައި އަހަރަކު 68,431,692 kWh ކަރަންޓު އުފައްދާއިރު، މީގެ ތެރޭގައި ހިމެނެނީ 5,693 ގޭބިސީއާއި، 1,455 ވިޔަފާރިއާއި، އަދި 241 ސަރުކާރުގެ އިދާރާތައް ހިމެނޭހެން ޖުމްލަ 7,389 ކަނެކްޝަނެވެ. ބޭނުންވާ މިންވަރަށް ކަރަންޓު އުފެއްދުމަށް މުޅިންހެން ބޭރުން އެތެރެކުރާ ޑީސަލަށް ބަރޯސާވާން ޖެހުމުގެ ސަބަބުން، ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުގެ ނުރައްކާ ގޭބިސީތަކަށާއި ވިޔަފާރިތަކަށް އަދި އާންމު ހިދުމަތްތަކަށް އޮވެއެވެ. މީގެ އިތުރުން، ކަރަންޓު އުފެއްދުމުގެ ގާބިލުކަމާއި ނެޓްވޯކްގެ ދަތިތަކާ ހުރެ އާންމުކޮށް ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވުމަކީ، އިތުބާރު ހުރި ވިލުންވެރި އަދި ތަފާތު ވަސީލަތްތައް ހިމެނޭ ހަކަތައިގެ ނިޒާމެއްގެ މުހިންމުކަން ހާމަކޮށްދޭ ކަމެކެވެ. އިރުގެ އަލިން ހަކަތަ އުފެއްދުމުގެ ބޮޑު ފުރުސަތެއް އައްޑޫގައި އޮތުމާއެކު، އައްޑޫއަކީ އަމިއްލައަށް ސާފު ހަކަތަ އުފައްދައި، ރައްކާކޮށް އަދި ބޭނުންކުރާ "ޕްރޮސިއުމާ" ސިޓީއަކަށް ވުމުގެ ފުރިހަމަ ގާބިލުކަން އެބައޮތެވެ. އެހެންކަމުން، ސޯލާ ޕީވީ އާއި ބެޓަރީ ސްޓޯރޭޖްގެ ނިޒާމު ފުޅާދާއިރާއެއްގައި ގާއިމުކުރުމަކީ މި ބަދަލު ގެނައުމަށް އޮތް އެންމެ އަމަލީ އަދި އެންމެ އެކަށީގެންވާމަގެވެ.
މިހާރުގެ ހާލަތު
- ގޭބިސީއަކުން ދުވާލަކު އެވްރެޖްކޮށް ބޭނުންކުރާ މިންވަރު
- 16.2 kWhގޭބިސީއަކުން ދުވާލަކު އެވްރެޖްކޮށް ބޭނުންކުރާ މިންވަރު
- އަހަރަކަށް ބޭނުންވާ ޑީސަލް ލީޓަރު
- 18.7 މިލިއަންއަހަރަކަށް ބޭނުންވާ ޑީސަލް ލީޓަރު
- އަހަރަކު ޑީސަލް ގަތުމަށް ހޭދަވާ MVR
- 130 މިލިއަންއަހަރަކު ޑީސަލް ގަތުމަށް ހޭދަވާ MVR
- އަހަރަކު ދެވޭ ސަބްސިޑީ (MVR)
- 71.4 މިލިއަންއަހަރަކު ދެވޭ ސަބްސިޑީ (MVR)
- ކޮންމެ ގޭބިސީއަކަށް އަހަރަކަށް ޖެހޭ މިންވަރު
- 35,351 MVRކޮންމެ ގޭބިސީއަކަށް އަހަރަކަށް ޖެހޭ މިންވަރު
އަމާޒުތައް
އަމާޒު 1.1
2028 ގެ ނިޔަލަށް ގޭބިސީތަކުގެ 85% އަކީ އިއާދަކުރަނިވި ހަކަތަ އުފައްދާ ތަންތަނަށް ބަދަލުކުރުން.
އަމާޒު 1.2
2028 ގެ ނިޔަލަށް ވިޔަފާރިތަކުގެ 75% ގެ ފުރާޅުގައި ސޯލާ ޕީވީ ހަރުކޮށް، ވަރޗުއަލް ޕަވަރ ޕްލާންޓްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުން.
އަމާޒު 1.3
2028 ގެ ނިޔަލަށް ސަރުކާރުގެ 100% އިމާރާތްތަކުގެ ފުރާޅުގައި ސޯލާ ޕީވީ ހަރުކޮށް އަދި ބެޓެރި ސްޓޯރޭޖް ގާއިމުކޮށް، އައްޑޫގެ ވަރޗުއަލް ޕަވަރ ޕްލާންޓް ނެޓްވޯކާ ގުޅާލުން.
ސްޓްރެޓެޖީތަކާއި އަޅާނެ ފިޔަވަޅުތައް
ތިރީގައިވާ ކޮންމެ ހަރަކާތަކާމެދު ދެކެވަޑައިގަންނަވާ ގޮތް އަޅުގަނޑުމެންނާ ހިއްސާކުރައްވާށެވެ. ޚިޔާލު ފާޅުކުރުމަށް އެންމެ ފިތާލުމެއް، އަދި ސަބަބު ބަޔާންކުރައްވަން ބޭނުންފުޅުނަމަ ކޮމެންޓް ބޮކްސްއެއް ވެއެވެ.
ތިބާ ޚިޔާލު ދެއްވާފައިވަނީ 10 ހަރަކާތުގެ ތެރެއިން — ހަރަކާތަށެވެ
ސްޓްރެޓެޖީ 01: ކޮންމެ ގެއަކީ ވެސް ހަކަތަ އުފައްދާ އަދި ބޭނުންކުރާ (ޕްރޮސިއުމަރ) ތަނަކަށް ހެދުން
ގޭބިސީތަކަށް 10 kWp ގެ ސޯލާ ޕީވީ އަދި 15 kWh ގެ ބެޓެރީ ފޯރުކޮށްދިނުން
ގޭބިސީތަކަށް ސްމާޓް މީޓަރު ފޯރުކޮށްދިނުން
ޕްރޮސިއުމަރ މޮޑެލްއަށް ބޭނުންވާ ފައިނޭންސިންގ ހަމަޖެއްސުން
ސްޓްރެޓެޖީ 02: ހުރިހާ ފަރާތްތަކަކީ ވެސް ހަކަތަ އުފައްދާ ފަރާތްތަކަކަށް ހެދުން
އާންމު އިމާރާތްތަކުގައި ސޯލާ ޕީވީ އަދި ބެޓެރީ ސްޓޯރޭޖް ގާއިމުކުރުން
ވިޔަފާރިތަކުގައި ސޯލާ ޕީވީ އަދި ބެޓެރީ ސްޓޯރޭޖް ބެހެއްޓުމަށް މަގުފަހިކުރުން
ވަރޗުއަލް ޕަވަރ ޕްލާންޓްތައް ތައާރަފުކުރުން
ސްޓްރެޓެޖީ 03: ބެކަޕް ޑީސަލް ހައިބްރިޑް ނިޒާމު
30 MW ގެ ކެޕޭސިޓީ ހުރި ޑީސަލް ޖަނަރޭޓަރު ހޯދުން
މިހާރު ހުރި ގްރިޑް ސްމާޓް ގްރިޑަކަށް އަޕްގްރޭޑްކުރުން
ޔޫޓިލިޓީ ފެންވަރުގެ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ގާއިމުކުރުން
ގްރިޑް ސްޓެބިލައިޒް ކުރުމަށް ބެޓެރީ ސްޓޯރޭޖަށް އިންވެސްޓްކުރުން

