މައިގަނޑު ބަޔަށް ދާން ފިތާލާ
އައްޑޫ ތަރައްޤީގެ ޕްލޭން⁦2026–2031⁩

ފުރިހަމަ ޞިއްޙަތު

ގެއިން ފެށިގެން 10 މިނެޓުގެ ރާސްތާއެއްގެ ތެރޭގައި ފުރިހަމަ ފަރުވާ ލިބުން

ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވުމާއި، ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ހިދުމަތްތަކާއި، ބޭހާއި ފަރުވާގެ އަގު ބޮޑުވުމަކީ އައްޑޫ ސިޓީއަށް ކުރިމަތިވެފައިވާ ސިއްހީ ގޮންޖެހުންތަކެވެ. ބަލިތަކުން ރައްކާތެރިވުމަށްޓަކައި ކެންސަރު ދެނެގަތުމަށް ކުރެވޭ ސްކްރީނިންގާއި، ރަނގަޅު ކާނާ އަދި ހަރަކާތްތެރި ދިރިއުޅުމުގެ އާދަތައް އަށަގަންނުވައި، ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ އެހީތެރިކަން އިތުރުކުރުމަކީ މުހިންމު ކަމެކެވެ. ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ ފެންވަރު މަތިކޮށް، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ ދެކުނުގެ ސިއްހީ މަރުކަޒަކަށް ހެދުމުން، ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ފަސޭހައިން ފަރުވާ ލިބޭނެ މަގު ތަނަވަސްވާނެއެވެ. ސިއްހީ ދާއިރާގެ ފަންނީ މުވައްޒަފުން ތަމްރީނުކުރުމާއި އަގުހެޔޮ ހިދުމަތްތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ ސަބަބުން، ހަރުދަނާ އަދި ރައްޔިތުންނަށް އިސްކަންދޭ ސިއްހީ ނިޒާމެއް ގާއިމުކުރެވޭނެއެވެ. މިވަގުތު އައްޑޫގެ ސިއްހީ ދާއިރާގައި 561 މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، ރަޖިސްޓްރީކޮށްފައިވާ 19 ފާމަސީ ހުރެއެވެ.

މިހާރުގެ ހާލަތު

ޚިދުމަތްދޭ ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް
11ޚިދުމަތްދޭ ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް
ސްޕެޝަލިސްޓް ޑޮކްޓަރުން
37ސްޕެޝަލިސްޓް ޑޮކްޓަރުން
މެޑިކަލް އޮފިސަރުން
25މެޑިކަލް އޮފިސަރުން
ނަރުހުން
147ނަރުހުން
ރަޖިސްޓްރީކޮށްފައިވާ ފާމަސީތައް
19ރަޖިސްޓްރީކޮށްފައިވާ ފާމަސީތައް

އަމާޒުތައް

  1. އަމާޒު 8.1

    ކޮންމެ ދެ އަހަރަކުން އެއްފަހަރު، ބޮޑެތި މީހުންގެ ⁦90%⁩ ހަކުރުބައްޔާއި، ލޭމައްޗަށްދިއުމާއި، އަދި އިސްކަންދެވޭ ކެންސަރުތަކަށް ސްކްރީންކުރުން.

  2. އަމާޒު 8.2

    2028 ގެ ނިޔަލަށް ފޭދޫ އަދި މަރަދޫގައި 50 އެނދުގެ ހޮސްޕިޓަލްތައް ޤާއިމުކުރުން.

  3. އަމާޒު 8.3

    ގެއިން ފެށިގެން 10 މިނެޓުގެ ރާސްތާއެއްގެ ތެރޭގައި ފުރިހަމަ ސިއްޙީ ފަރުވާ ⁦100%⁩ ރައްޔިތުންނަށް ލިބޭނެކަން ކަށަވަރުކުރުން.

  4. އަމާޒު 8.4

    2028 ގެ ނިޔަލަށް ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި، ފާމަސީތަކާއި އަދި ދުޅަހެޔޮކަމުގެ ޚިދުމަތްދޭ ފަރާތްތައް ގުޅުވައިދޭ ވާރޗުއަލް ވިއުގައެއް ޤާއިމުކުރުން.

ސްޓްރެޓެޖީތަކާއި އަޅާނެ ފިޔަވަޅުތައް

ތިރީގައިވާ ކޮންމެ ހަރަކާތަކާމެދު ދެކެވަޑައިގަންނަވާ ގޮތް އަޅުގަނޑުމެންނާ ހިއްސާކުރައްވާށެވެ. ޚިޔާލު ފާޅުކުރުމަށް އެންމެ ފިތާލުމެއް، އަދި ސަބަބު ބަޔާންކުރައްވަން ބޭނުންފުޅުނަމަ ކޮމެންޓް ބޮކްސްއެއް ވެއެވެ.

ތިބާ ޚިޔާލު ދެއްވާފައިވަނީ 24 ހަރަކާތުގެ ތެރެއިން ހަރަކާތަށެވެ

  1. ސްޓްރެޓެޖީ 01: ހަރަކާތްތެރި، ދުޅަހެޔޮ މުޖުތަމަޢެއް

    • ޖިމްތަކާއި ފިޓްނަސް ސެންޓަރުތައް ތަރައްޤީކުރުން

    • ގްރޫޕް ފިޓްނަސް ހަރަކާތްތަކާއި ކުޅިވަރު މުބާރާތްތައް އިންތިޒާމުކުރުން

    • ކައްކާއިންގެ އިސްނެގުމާއެކު ކާނާގެ ރަނގަޅު އާދަތަކާ ބެހޭ ތަޢުލީމީ ޕްރޮގްރާމްތައް ހިންގުން

    • މަދިރިއާއި ބަލިފަތުރާ އެހެނިހެން ސޫފާސޫފި ކޮންޓްރޯލްކުރުމަށް އިސްކަންދިނުން

  2. ސްޓްރެޓެޖީ 02: ކެންސަރުން ރައްކާތެރިވުމާއި ކުރީބައިގައި ދެނެގަތުން

    • ނިޒާމީ ގޮތެއްގައި ހިލޭ ސްކްރީން ކުރުމުގެ ޕްރޮގްރާމްތައް ހިންގުން

    • ބަލި ދެނެގަންނަ މިންވަރާއި ފަރުވާގެ ނަތީޖާ ބެލުމަށް ރެޖިސްޓްރީއެއް އެކުލަވާލުން

    • ދުންފަތުގެ އިސްތިޢުމާލު ކުރުން ކޮންޓްރޯލްކުރުމާއި އިންސިއުލިން ރެސިސްޓެންސްއާ މެދު ހޭލުންތެރިކަން އިތުރުކުރުން

    • ކާބޯތަކެއްޗާއި، ފެނާއި އަދި ވައިގެ ފެންވަރު އޮޑިޓްކޮށް ބަލަހައްޓަމުން ގެންދިއުން

  3. ސްޓްރެޓެޖީ 03: 24/7 ނަފްސާނީ ޞިއްޙަތުގެ އެހީތެރިކަން ފޯރުކޮށްދިނުން

    • ތަމްރީނު ލިބިފައިވާ ކައުންސެލަރުންގެ ޓީމެއް އެކުލަވާލުން

    • ކުރިން އެޕޮއިންޓްމަންޓް ހެއްދުމަކާ ނުލައި ވަގުތުން ކައުންސެލިންގ ޚިދުމަތް ލިބޭނެ މަރުކަޒުތައް ޤާއިމުކުރުން

    • ކައުންސެލަރުންނާއި ކާރިސާތަކުގައި އިސްނަގައިގެން މަސައްކަތްކުރާ ފަރާތްތަކަށް ތަމްރީނު ދިނުން

    • ޕިއަރ އަދި ޒުވާން އެމްބެސެޑަރުންގެ ގްރޫޕްތައް އުފެއްދުން

  4. ސްޓްރެޓެޖީ 04: ޒަމާނީ، ފުރިހަމަ ފަރުވާގެ ޚިދުމަތް

    • ފޭދޫ އަދި މަރަދޫގައި ހޮސްޕިޓަލްތައް ޤާއިމުކުރުން

    • މައިންނާއި ކުޑަކުދިންގެ ޞިއްޙީ ޚިދުމަތްތަކާއި ދަރިމައިވުމުގެ ފަރުވާގެ ޚިދުމަތްތައް ފުޅާކުރުން

    • ހައިޕަރބެރިކް ޗެމްބަރެއް ޤާއިމުކުރުން

    • ޖަނަވާރުންނަށް ފަރުވާދޭ ކްލިނިކެއް ޤާއިމުކުރުން

  5. ސްޓްރެޓެޖީ 05: ސްމާރޓް ޞިއްޙީ ޚިދުމަތްތައް

    • ޑިޖިޓަލްކޮށް އެޕޮއިންޓްމަންޓް މެނޭޖްކުރާ ނިޒާމެއް ޤާއިމުކުރުން

    • ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތައް ޑިޖިޓަލްކޮށް މޮނިޓަރކުރާ ނިޒާމެއް ޤާއިމުކުރުން

    • އިލެކްޓްރޯނިކް ހެލްތު ރެކޯޑް ސިސްޓަމް ތަޢާރަފުކުރުން

    • ގައިގައި އަޅައިގެން ބޭނުންކުރާ ޞިއްޙީ އާލާތްތަކާއި ޑިޖިޓަލް މޮނިޓަރިންގ ޕްރޮމޯޓްކުރުން

  6. ސްޓްރެޓެޖީ 06: ފެންވަރު ރަނގަޅު ބޭހުގެ ޚިދުމަތް ފަސޭހައިން ލިބޭނެ މަގުފަހިކުރުން

    • އައްޑޫ އެސެންޝަލް މެޑިސިން ލިސްޓެއް އެކުލަވާލުން

    • ސަރަޙައްދުގައިވާ ސަރުކާރާއި އަމިއްލަ ފާމަސީތައް އެއް ވިއުގައަކުން ގުޅާލުން

    • ޑިޖިޓަލްކޮށް ބޭހުގެ ސްޓޮކް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން

    • ޓެލެ-ފާމަސީ، އީ-ޕްރިސްކްރިޕްޝަން އަދި ގޭގެއަށް ބޭސް ފޯރުކޮށްދިނުމުގެ ޚިދުމަތް އެއް ނިޒާމަކުން ގުޅާލުން