މައިގަނޑު ބަޔަށް ދާން ފިތާލާ
އައްޑޫ ތަރައްޤީގެ ޕްލޭން⁦2026–2031⁩

ކާބޯތަކެތިން ނަފާ

އަމިއްލަ ރަށުގައި އިތުރަށް ހެއްދުން، ކަނޑުން އިތުރަށް ބޭނުން

2025 ވަނަ އަހަރު ދިވެހިރާއްޖެއަށް ގާތްގަނޑަކަށް 790.5 މިލިއަން އެމެރިކާ ޑޮލަރުގެ ކާބޯތަކެތި އެތެރެކޮށްފައިވުމަކީ ކާބޯތަކެތީގެ ބާވަތްތަކަށް ރާއްޖެ ބޭރުގެ ބާޒާރުތަކަށް ބަރޯސާވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އޮތް އިގްތިސާދީ ފުރުސަތެއްވެސްމެއެވެ. ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު އުފުލުމާއި، މުދާ އުފުލުމުގެ ނިޒާމަށް ދިމާވާ ހުރަސްތަކާއި، މޫސުމީ ބަދަލުތަކުގެ ނުރައްކަލާ ކުރިމަތިލާންޖެހިފައިވާ މި ދަނޑިވަޅުގައި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އައްޑޫ ސިޓީގެ މުހިންމު އިސްތިރާޖީ އަމާޒެކެވެ. އައްޑޫއަކީ ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ބިމުގެ ބޮޑުމިނާއި، ދަނޑުވެރިކަމުގެ ގާބިލުކަމާއި، މަސްވެރިކަމުގެ މުއްސަނދިކަން އޮތް އަދި އާބާދީ އިތުރުވަމުންދާ ސިޓީއަކަށްވުމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފައްދައި ގައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެ އެކަށީގެންވާ ސަރަހައްދެވެ.

މިހާރުގެ ހާލަތު

2025 ވަނަ އަހަރު ޤައުމީ ފެންވަރުގައި އެތެރެކުރެވުނު ކާބޯތަކެތި
790.5 މިލިއަން USD2025 ވަނަ އަހަރު ޤައުމީ ފެންވަރުގައި އެތެރެކުރެވުނު ކާބޯތަކެތި
އެއްގަމު މަހާއި، ކަނޑުމަހުގެ ބާވަތްތަކާއި މަސް
156.7 މިލިއަން USDއެއްގަމު މަހާއި، ކަނޑުމަހުގެ ބާވަތްތަކާއި މަސް
ތަރުކާރީ އަދި އަލުވި/ބިންގަނޑު އަޑީގައި ހެދޭ ބާވަތްތައް
106.9 މިލިއަން USDތަރުކާރީ އަދި އަލުވި/ބިންގަނޑު އަޑީގައި ހެދޭ ބާވަތްތައް
މޭވާއާއި، ބަދަން އަދި އޮށް
106.5 މިލިއަން USDމޭވާއާއި، ބަދަން އަދި އޮށް
އަސާސީ ކާބޯތަކެތި
33.5 މިލިއަން USDއަސާސީ ކާބޯތަކެތި
ބިސް
24.3 މިލިއަން USDބިސް

އަމާޒުތައް

  1. އަމާޒު 7.1

    2028 ވަނަ އަހަރާ ހަމައަށް، ގޭބިސީތަކުގެ ⁦75%⁩ ގޭގައި 05 ބާވަތެއްގެ މޭވާއާއި 05 ބާވަތެއްގެ ތަރުކާރީ ހައްދާކަން ކަށަވަރުކުރުން.

  2. އަމާޒު 7.2

    2030 ވަނަ އަހަރާ ހަމައަށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރަށް ބޭނުންވާ މިންވަރުގެ ⁦30%⁩ ފޯރުކޮށްދިނުމަށްޓަކައި 03 ބާވަތެއްގެ މޭވާއާއި 03 ބާވަތެއްގެ ތަރުކާރީ ވިޔަފާރި އުޞޫލުން އުފެއްދުމަށް މަގުފަހިކުރުން.

  3. އަމާޒު 7.3

    2028 ވަނަ އަހަރުގެ ނިޔަލަށް، ހިތަދޫ އަދި މަރަދޫ ބަނދަރުން މަސްވެރިންނަށް އައިސް އަދި ތެޔޮ ލިބޭނެ އިންތިޒާމު ކަށަވަރުކުރުން.

  4. އަމާޒު 7.4

    2030 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖޭގައި ވިއްކާ ވަޅޯމަހާއި ރިހާކުރުގެ މަދުވެގެން ⁦50%⁩ ފޯރުކޮށްދިނުން.

  5. އަމާޒު 7.5

    ރަށު ފެންވަރުގެ ގޭބިސީތަކާއި، ފަތުރުވެރިކަމުގެ ދާއިރާއާއި، ވިޔަފާރިތަކާއި، މުއައްސަސާތަކުގެ ބޭނުންތަކުގެ މަދުވެގެން ⁦80%⁩ ފުއްދުމަށްޓަކައި ދުވާލަކު މަދުވެގެން 30,000 ކުކުޅުބިސް އުފެއްދުން.

  6. އަމާޒު 7.6

    އައްޑޫ ސިޓީގައި ކާބޯތަކެތި އުފައްދާ، ޕްރޮސެސްކުރާ، ޑިސްޓްރިބިއުޓްކޮށް އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ⁦100%⁩ ރަޖިސްޓްރީކުރެވި، ރިސްކަށް ބަލައިގެން އިންސްޕެކްޓްކުރެވޭކަން ކަށަވަރުކުރުން.

ސްޓްރެޓެޖީތަކާއި އަޅާނެ ފިޔަވަޅުތައް

ތިރީގައިވާ ކޮންމެ ހަރަކާތަކާމެދު ދެކެވަޑައިގަންނަވާ ގޮތް އަޅުގަނޑުމެންނާ ހިއްސާކުރައްވާށެވެ. ޚިޔާލު ފާޅުކުރުމަށް އެންމެ ފިތާލުމެއް، އަދި ސަބަބު ބަޔާންކުރައްވަން ބޭނުންފުޅުނަމަ ކޮމެންޓް ބޮކްސްއެއް ވެއެވެ.

ތިބާ ޚިޔާލު ދެއްވާފައިވަނީ 24 ހަރަކާތުގެ ތެރެއިން ހަރަކާތަށެވެ

  1. ސްޓްރެޓެޖީ 01: ކޮންމެ ގެއަކީ ފަޚުރުވެރި ދަނޑުވެރިއެއް

    • ގަސް އިންދާ ނާސަރީއަކާއި އޮށް ރައްކާކުރާ ބޭންކެއް ޤާއިމުކުރުން

    • ގޭބިސީތަކަށް ދަނޑުވެރިކަން ފެށުމަށް ބޭނުންވާ ސާމާނުގެ ކިޓް ބެހުން

    • ގޭގައި ގަސްއިންދުމަށް ޚާއްޞަ އެޕްލިކޭޝަނެއް ތަޢާރަފުކުރުން

    • ގޭގައި ގަސްހައްދާ ފަރާތްތަކަށް ޚާއްޞަ މާރުކޭޓެއް ޤާއިމުކުރުން

  2. ސްޓްރެޓެޖީ 02: އޯގަނިކް ދަނޑުވެރިކަން އަލުން ދިރުވައި އާލާކުރުން

    • ރުކާއި ކުރުނބާ ހެއްދުމާއި އަލުން އިންދުމުގެ ޕްރޮގްރާމެއް ފެށުން

    • ދޮންކޭލާއި، ބަނބުކޭލާއި އަލަ ހެއްދުމަށް ބިން ކަނޑައެޅުން

    • ފަޅޯ، އަނބު، ފޭރު އަދި ޖުމްހޫރީމޭވާ ހެއްދުމަށް ޚާއްޞަ ބަގީޗާ ދަނޑުތައް ޤާއިމުކުރުން

    • ގަސްގަހާގެއްސާއި ފަސްގަނޑުގެ ރައްކާތެރިކަން ބަލަހައްޓާ ނިޒާމެއް ޤާއިމުކުރުން

  3. ސްޓްރެޓެޖީ 03: ޓެކްނޮލޮޖީގެ އެހީގައި ތާޒާ ކާބޯތަކެތި އުފެއްދުން

    • އިރުގެ އަލިން ހަކަތަ އުފައްދައި، ފިނިހޫނުމިން ކޮންޓްރޯލްކުރެވޭ ގްރީންހައުސްތައް ތަރައްޤީކުރުން

    • ހައިޑްރޯޕޮނިކްސް އަދި އެއިރޯޕޮނިކްސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ވަރޓިކަލް ފާމްތައް ޤާއިމުކުރުން

    • ސްމާޓް ޕްރިސިޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން ގަސްކާނާ އެޅުމާއި ފެންދިނުމުގެ ނިޒާމު ތަޢާރަފުކުރުން

    • ގަސްގަހާގެހީގެ ދުޅަހެޔޮކަމާއި، ގެއްލުންދޭ ސޫފާސޫތްޕާއި ބަލިތައް ދެނެގަތުމަށް ޑްރޯނާއި އޭއައި (AI) ތަޢާރަފުކުރުން

  4. ސްޓްރެޓެޖީ 04: ފެންވަރު ރަނގަޅު، ދެމެހެއްޓެނިވި މަސްވެރިކަން

    • އިއާދަކުރަނިވި ހަކަތައިން އައިސް އުފެއްދުމަށް އިންވެސްޓްކުރުން

    • މަސްވެރިކަމަށް ބޭނުންވާ ތެޔޮ ރައްކާކުރާ މިންވަރު 03 މަސްދުވަހަށް އިތުރުކުރުން

    • ވަޅޯމަހާއި ރިހާކުރުގެ ފެންވަރު ކަށަވަރުކުރާނެ ނިޒާމެއް ޤާއިމުކުރުން

    • ވަޅޯމަހާއި، ރިހާކުރު އަދި މަހުގެ އުފެއްދުންތައް ބްރޭންޑްކޮށް އިޝްތިހާރުކުރުން

  5. ސްޓްރެޓެޖީ 05: ކޮންމެ ދުވަހަކު ތާޒާ ކުކުޅުބިސް

    • ނަމޫނާ ކުކުޅު ފާމްތައް ބިނާކުރުން

    • ފެންވަރު ރަނގަޅު ކާނާ އުފެއްދުމަށް ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް (ޕީޕީޕީ) އެއް ޤާއިމުކުރުން

    • ބިސް ގެންގުޅުމާއި، ރައްކާކުރުމާއި، އޭގެ ފެންވަރު ހިފެހެއްޓުމާ ގުޅޭ ތަމްރީނު ދިނުން

    • ބައޯސެކިއުރިޓީ އަދި ބަލިތައް ކޮންޓްރޯލްކުރާ ނިޒާމެއް ޤާއިމުކުރުން

  6. ސްޓްރެޓެޖީ 06: އިތުބާރު ހިފޭ ފެންވަރު ރަނގަޅު ރާއްޖޭގެ އުފެއްދުންތައް

    • ކާބޯތަކެތީގެ ފެންވަރު ބަލާ ލެބޯޓްރީއެއް ޤާއިމުކުރުން

    • ދަނޑުވެރިންނާއި އުފެއްދުންތެރިންނަށް އެހީތެރިވުމަށް ކާބޯތަކެތީގެ ފަންޑެއް ޤާއިމުކުރުން

    • ލުއިކާނާ އުފައްދާ ފަރާތްތައް ރަޖިސްޓްރީކުރުން

    • ކާބޯތަކެތި އުފައްދާ ފަރާތްތަކަށް ތަމްރީނު ދިނުމާއި ސެޓްފިކެޓް ދިނުމުގެ ނިޒާމެއް ޤާއިމުކުރުން