ލަނޑުދަނޑި 12 / 12
ރީތި މުއްސަނދި ވެށި
ޙިމާޔަތްކުރެވިފައިވާ ފަރުތަކާއި ކުޅިތައް، އަދި ސާކިއުލަރ އިކޮނޮމީއެއް
އައްޑޫ ސިޓީގެ ތަފާތު ގުދުރަތީ މާހައުލު ރައްކާތެރިކޮށް އިޔާދަކުރުމާއެކު، މޫސުމީ ބަދަލުތަކަށް ވިލުންތެރި، ދެމެހެއްޓެނިވި ކުރިއެރުމާއި މުޖުތަމައުގެ ދުޅަހެޔޮކަމަށް ބާރުއަޅާ އިގްތިސާދީ ނިޒާމެއް ބިނާކުރެވޭނެއެވެ. ހާއްސަ ސަރަހައްދުތަކާއި ނޭޗަރ ޕާކުތައް ކަނޑައަޅައި ބެލެހެއްޓުމާއި، ހަލާކުވެފައިވާ މާހައުލުތައް އިޔާދަކުރުމާއި، އަދި ޒިންމާދާރު ގޮތެއްގައި އާންމުންނަށާއި އިކޯ-ޓޫރިޒަމަށް ފުރުސަތު ހުޅުވާލައިގެން، މުރަކައިގެ ފަރުތަކާއި، ކުޅި ފާތަކާއި، ކަނޑޫފާތަކާއި، ގޮނޑުދޮށްތައް އަދި ތިމާވެށީގެ ގޮތުން މުހިންމު އެހެނިހެން ސަރަހައްދުތައް ހިމާޔަތްކުރެވޭނެއެވެ. ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުމާއި، ކުނި މަދުކުރުމާއި، އުކާލެވޭ ތަކެތި އަލުން ބޭނުންކުރުމުގެ އިތުރުން، ގުދުރަތީ ވަސީލަތްތަކަށް ބިނާކޮށް ހޯދޭ ހައްލުތަކާއި މޫސުމީ ބަދަލުތަކަށް ވިލުންތެރި އުމްރާނީ ވަސީލަތްތަކުގެ ޒަރީއާއިން، އައްޑޫގެ ދިރުންތައް އިތުރުކޮށް، މޫސުމީ ނުރައްކާތަކުން ރައްކާތެރިވެ، މިހާރުގެ އަދި އަންނަން އޮތް ޖީލުތަކަށް ސާފުތާހިރު، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ސިޓީއެއް ބިނާކުރެވޭނެއެވެ.
މިހާރުގެ ހާލަތު
- ޙިމާޔަތްކުރެވިފައިވާ ސަރަޙައްދު
- 07ޙިމާޔަތްކުރެވިފައިވާ ސަރަޙައްދު
- ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވް
- 01ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވް
- ހެކްޓަރުގެ ޙިމާޔަތްކުރެވިފައިވާ ސަރަޙައްދު
- 2,118.9ހެކްޓަރުގެ ޙިމާޔަތްކުރެވިފައިވާ ސަރަޙައްދު
- ހެކްޓަރުގެ ގޮނޑުދޮށުގެ ސަރަޙައްދުގެ
- 1,184.8ހެކްޓަރުގެ ގޮނޑުދޮށުގެ ސަރަޙައްދުގެ
- 81.7 ހެކްޓަރުގެ ސަރަޙައްދެއް އެކުލެވޭ ކުޅިތައް
- 0481.7 ހެކްޓަރުގެ ސަރަޙައްދެއް އެކުލެވޭ ކުޅިތައް
އަމާޒުތައް
އަމާޒު 12.1
ދޮންދީނި، ކަނޑުގެ ބޮޑެތި ޖަނަވާރުތައް، ވެލާ ކަހަނބު، ކަކުނި، މުރަކަ، ކަނޑޫފާ އަދި ރާއްޖޭގެ ޤުދުރަތީ ގަސްގަހާގެހި ހިމެނޭހެން އައްޑޫގެ ފާހަގަކޮށްލެވޭ ދިރުންތަކުގެ އާބާދީ 2030 ގެ ނިޔަލަށް އިޢާދަކޮށް ދުޅަހެޔޮކަމާއެކު އާލާކުރުން.
އަމާޒު 12.2
2030 ގެ ނިޔަލަށް މުހިންމު ޤުދުރަތީ ވެށިތަކަށާއި ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކަށް ގެއްލުމެއް ނުލިބި ސުމެއްގައި ހިފެހެއްޓުން (ޒީރޯ ނެޓް ލޮސް).
އަމާޒު 12.3
ޤުދުރަތީ ރީތިކަމާއި ޖަނަވާރުތައް ބަލައިލުމަށް ޒިޔާރަތްކުރާ މީހުންގެ ޢަދަދު 2028 ގެ ނިޔަލަށް އަހަރަކު މަދުވެގެން 50,000 އަށް އިތުރުކުރުން.
އަމާޒު 12.4
އިސްކަންދެވޭ ޢާންމު ގޮނޑުދޮށްތަކުގެ 100% ސަރަޙައްދު، ޤުދުރަތީ ޙައްލުތައް ބޭނުންކޮށްގެންނާއި، ގޮނޑުދޮށުގެ ގަސްގަހާގެހި އިންދައިގެން އަދި ގޮނޑުދޮށްތަކަށް ވެލިއަޅައިގެން، 2030 ގެ ނިޔަލަށް އިޢާދަކޮށް ޙިމާޔަތްކުރުން.
އަމާޒު 12.5
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅި ބޭނުންކުރުން 2028 ގެ ނިޔަލަށް މުޅިން ހުއްޓާލުން.
އަމާޒު 12.6
ރީސައިކަލް ކުރެވޭ 4 ބާވަތަކަށް (ޕްލާސްޓިކް، ދަގަނޑާއި މެޓަލް، ކާދު (ކޮމްޕޯސްޓް)، އަދި ކަރުދާސް/ފޮށިގަނޑު) ކުނި ވަކިކުރެވޭކަން 2029 ގެ ނިޔަލަށް ކަށަވަރުކުރުން.
ސްޓްރެޓެޖީތަކާއި އަޅާނެ ފިޔަވަޅުތައް
ތިރީގައިވާ ކޮންމެ ހަރަކާތަކާމެދު ދެކެވަޑައިގަންނަވާ ގޮތް އަޅުގަނޑުމެންނާ ހިއްސާކުރައްވާށެވެ. ޚިޔާލު ފާޅުކުރުމަށް އެންމެ ފިތާލުމެއް، އަދި ސަބަބު ބަޔާންކުރައްވަން ބޭނުންފުޅުނަމަ ކޮމެންޓް ބޮކްސްއެއް ވެއެވެ.
ތިބާ ޚިޔާލު ދެއްވާފައިވަނީ 24 ހަރަކާތުގެ ތެރެއިން — ހަރަކާތަށެވެ
ސްޓްރެޓެޖީ 01: ތިމާވެށީގެ ގޮތުން މުހިންމު ސަރަޙައްދުތައް ހިމާޔަތްކުރުން
އައްޑޫ ނޭޗަރ ޕާކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭ ތަޖުރިބާ އިތުރަށް ފުރިހަމަކުރުން
މާންޓާ ކްލީނިންގ ސްޓޭޝަން ބެލެހެއްޓުމުގެ ޕްލޭނެއް އެކުލަވާލުން
މިޔަރާއި ބޮޑުމަސް ބަލަން ދާ ސަރަޙައްދުތައް ރައްކާތެރިކުރުން
ކަނޑޫފާ ޕާކަކާއި ތަޖުރިބާ ހޯދާ މަރުކަޒެއް ތަރައްޤީކުރުން
ސްޓްރެޓެޖީ 02: ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރުންތައް ހިމާޔަތްކޮށް އާލާކުރުން
ދޮންދީނި ހިމާޔަތްކުރުމުގެ ޕްލޭނެއް އެކުލަވާލުން
އާންމުކޮށް ނުފެންނަ އަދި ނެތިދިޔުމުގެ ބިރުހީވެފައިވާ ގަސްގަހާގެހީގެ ބޮޓޭނިކަލް ގާޑަނެއް ޤާއިމުކުރުން
ދޫންޏާއި، ކަކުންޏާއި، ވެލާކަހަނބަށް ޚާއްޞަކޮށްގެން ގޮނޑުދޮށާއި ފަރުތައް ޒޯންކުރުން
އިންޓަރއެކްޓިވް ކޮރަލް ޑިސްކަވަރީ ސެންޓަރެއް ޤާއިމުކުރުން
ސްޓްރެޓެޖީ 03: ވަލުޖަނަވާރުންނާއި ދިރުންތަކަށް ގެއްލުން ނުވާނޭހެން ޒިންމާދާރުކަމާއެކު ބެލުން
މަޑި، މިޔަރު، ވެލާ އަދި ކޯމަހާއި ކަނޑުގެ ދިރުންތައް ބެލެހެއްޓުމުގެ ޕްލޭންތައް އެކުލަވާލުން
ދޮންދީންޏާއި، ހިޖުރަކުރާ ދޫނިތަކާއި، އެހެނިހެން ދިރުންތައް ބަލަން ޚާއްޞަ ޓަވަރުތަކެއް ޤާއިމުކުރުން
ކަރަންޓުން ދުވާ ވައިލްޑްލައިފް ބޯޓުތަކާއި ދަށުގައި ބިއްލޫރިލީ ކަޔަކް ތަޢާރަފުކުރުން
އަހަރީ ވައިލްޑްލައިފް ފެސްޓިވަލްތަކާއި "ހަމައެކަނި އައްޑޫއިން" ލިބޭ ތަޖުރިބާތައް އިންތިޒާމުކުރުން
ސްޓްރެޓެޖީ 04: މޫސުމީ ވިލުންތެރިކަން އިތުރުކުރުން
މަގުމަތީގެ ފެންހިންދާ ނިޒާމު ތަރައްޤީކުރުން
ކުޅިތަކާއި ޗަކަބިންތައް ކައިރީގައި ފެންބޮޑުވުން ކޮންޓްރޯލްކުރާ ނިޒާމު ޤާއިމުކުރުން
ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރާއި މޫސުމަށް އަންނަ ބަދަލުތައް ބެލޭނެ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުން
ވައިގެ ސާފުކަމާއި ފެނުގެ ރައްކާތެރިކަން ދެނެގަންނަ ނިޒާމުތައް ޤާއިމުކުރުން
ސްޓްރެޓެޖީ 05: އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުން
ޕްލާސްޓިކް ފެންފުޅި ބޭނުންކުރުން ހުއްޓާލުން
ފެން ޓެސްޓުކުރާ ލެބޯޓްރީއެއް ޤާއިމުކުރުން
ބިއްލޫރި ފުޅީގައި ފެނާއި ބުއިންތައް ބަންދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން
ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ބޭނުންކުރާނެ ތަކެތި ތަޢާރަފުކުރުމުގެ މަޝްރޫޢެއް ފެށުން
ސްޓްރެޓެޖީ 06: ވަށާޖެހޭ އިޤްތިޞާދެއްގެ (ސާކިއުލަރ އިކޮނޮމީ) އައްޑޫ
ކުނި އުފެދޭ ތަނުން 3 ބާވަތަކަށް ވަކިކުރާ ނިޒާމެއް ޤާއިމުކުރުން
ޒަމާނީ ރީސައިކްލިންގ ސެންޓަރެއް ބިނާކުރުން
ކުނިވާ ޒާތުގެ ކުނިން ކާދު އުފެއްދުމުގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުން
ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެތި މަރާމާތުކޮށް އަލުން ބޭނުންކުރާ މަރުކަޒެއް (ރިޕެއަރ އެންޑް ރީޔޫސް ހަބް) ޤާއިމުކުރުން

