މައިގަނޑު ބަޔަށް ދާން ފިތާލާ
އައްޑޫ ތަރައްޤީގެ ޕްލޭން⁦2026–2031⁩

ޒަމާނީ ދަތުރުފަތުރު

ކޮންމެ 10 މިނެޓަކުން ހިލޭ ދަތުރުކުރެވޭ އިލެކްޓްރިކް ބަސް

އާމްދަނީ އިތުރުވަމުންދާ ވަރަކަށް އަމިއްލަ އުޅަނދުފަހަރު ގެންގުޅޭ މިންވަރު އިތުރުވާނެ ކަމަށް ބެލެވެއެވެ. މީގެ ސަބަބުން މަގުތައް ތޮއްޖެހުމާއި، ޕާކުކުރާނެ ޖާގަ މަދުވުމާއި، މަގުމަތީގެ ސަލާމަތީ ނުރައްކާތައް އިތުރުވުމުގެ އިތުރުން، ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު އިތުރުވެގެންދާނެއެވެ. އައްޑޫއަކީ ހަމައެކަނި އަމިއްލަ އުޅަނދުފަހަރަށް ބަރޯސާވާ ސިޓީއަކަށް ވިޔަނުދިނުމަށްޓަކައި، ބާރުބޮޑުވާ ވަގުތުތަކުގައި ކޮންމެ 10 މިނެޓަކުން ދަތުރުކުރާ، ހިލޭ އިލެކްޓްރިކް ބަހުގެ ހިދުމަތެއް ތައާރަފުކުރެވޭނެއެވެ. މީގެ އިތުރުން، ހިނގާފައި އުޅުމާއި ބައިސްކަލު ދުއްވުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް، އާންމު ދަތުރުފަތުރުގައި އިލެކްޓްރިކް އުޅަނދުތަކަށް ބަދަލުވުމަށް ބާރުއެޅޭނެއެވެ. އަދި އިލެކްޓްރިކް އުޅަނދުތައް ޗާޖުކުރާނެ ނެޓްވޯކެއް ގާއިމުކުރުމާއެކު، މި ސިޔާސަތުގެ ސަބަބުން ވިހަ ގޭސް ބޭރުކުރާ މިންވަރު މަދުވެ، ތެޔޮ އެތެރެކުރަންޖެހޭ މިންވަރު ކުޑަވެ، ވައިގެ ސާފުކަން އިތުރުވެގެންދާނެއެވެ. މިއީ އައްޑޫއަކީ ތިމާވެއްޓާ ރައްޓެހި، އަތްފޯރާފަށުގެ، އަދި އެންމެންނަށް ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ ދެމެހެއްޓެނިވި ސިޓީއަކަށް ހެދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މިހާރުގެ ހާލަތު

ސައިކަލު — %81 ގޭބިސީގައި ސައިކަލެއް ހުރޭ
4,651ސައިކަލު — %81 ގޭބިސީގައި ސައިކަލެއް ހުރޭ
ކާރު — %54 ގޭބިސީގައި ކާރެއް ހުރޭ
3,099ކާރު — %54 ގޭބިސީގައި ކާރެއް ހުރޭ
50 ފަސިންޖަރުންގެ 05 ބަސް އަދި 30 ފަސިންޖަރުންގެ 08 ބަސް
13 ބަސް50 ފަސިންޖަރުންގެ 05 ބަސް އަދި 30 ފަސިންޖަރުންގެ 08 ބަސް
ދުވާލަކަށް ބަސް ބޭނުންކުރާ މީހުން
2,500ދުވާލަކަށް ބަސް ބޭނުންކުރާ މީހުން

އަމާޒުތައް

  1. އަމާޒު 2.1

    2028 ވަނަ އަހަރުގެ ނިޔަލަށް، ބާރުބޮޑުވާ ވަގުތުތަކުގައި ކޮންމެ 10 މިނެޓަކުން ދަތުރުކުރާ ހިލޭ އިލެކްޓްރިކް ބަހުގެ ހިދުމަތް ދިނުން.

  2. އަމާޒު 2.2

    2030 ވަނަ އަހަރުގެ ނިޔަލަށް، އައްޑޫގައި ބޭނުންކުރާ ސައިކަލާއި ކާރުގެ %50 އަކީ އިލެކްޓްރިކް ވެހިކަލް ކަމުގައި ހެދުން.

  3. އަމާޒު 2.3

    ވެހިކަލް ވެއްދޭ ގޮތަށް ހުންނަ ގޭބިސީތަކުގެ ތެރެއިން %100 ގޭބިސީގައި، ގޯތީގެ އިންފާރުގެ އެތެރޭގައި މަދުވެގެން އެއް ކާރު ޕާކުކުރާނެ ޖާގަ ހަމަޖެހިފައި ހުރުން ކަށަވަރުކުރުން.

  4. އަމާޒު 2.4

    2028 ވަނަ އަހަރުގެ ނިޔަލަށް، ބައިނަލްއަޤްވާމީ ފެންވަރުގެ ރަނގަޅު ފެންވަރެއްގެ ⁦36 km⁩ ގެ މަގު ހެދުން.

ސްޓްރެޓެޖީތަކާއި އަޅާނެ ފިޔަވަޅުތައް

ތިރީގައިވާ ކޮންމެ ހަރަކާތަކާމެދު ދެކެވަޑައިގަންނަވާ ގޮތް އަޅުގަނޑުމެންނާ ހިއްސާކުރައްވާށެވެ. ޚިޔާލު ފާޅުކުރުމަށް އެންމެ ފިތާލުމެއް، އަދި ސަބަބު ބަޔާންކުރައްވަން ބޭނުންފުޅުނަމަ ކޮމެންޓް ބޮކްސްއެއް ވެއެވެ.

ތިބާ ޚިޔާލު ދެއްވާފައިވަނީ 16 ހަރަކާތުގެ ތެރެއިން ހަރަކާތަށެވެ

  1. ސްޓްރެޓެޖީ 01: ހިލޭ އިލެކްޓްރިކް ބަހުގެ ޚިދުމަތް

    • އިލެކްޓްރިކް ބަސްތައް ހޯދުން

    • އިރުގެ އަލިން ހަކަތަ އުފައްދާ ބަސް ޗާޖިންގ ސްޓޭޝަންތައް ޤާއިމުކުރުން

    • ބަހުގެ ރޫޓުތަކާއި ޝެޑިއުލްތައް ބަލާލެވޭނެ އެޕްލިކޭޝަނެއް ތަޢާރަފުކުރުން

    • މޫސުމަށް އެކަށޭނަ، ޒަމާނީ ފެންވަރުގެ ބަސް ހިޔާތައް އެޅުން

  2. ސްޓްރެޓެޖީ 02: އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކުރުން އިތުރުކުރުމަށް ބާރުއެޅުން

    • އިލެކްޓްރިކް ވެހިކަލްތަކަށް ޚާއްޞަ ސޯލާ ސުޕަރ ޗާޖިންގ ސްޓޭޝަންތައް ޤާއިމުކުރުން

    • ކައުންސިލްގެ ބޭނުންތަކަށް އިލެކްޓްރިކް އުޅަނދުތައް ހޯދުން

    • ކައުންސިލްގެ މަސައްކަތްތަކަށް ސުޕަރ ހައިބްރިޑް ޕިކަޕް ހޯދުން

    • ސައިކަލްތަކަށް ޚާއްޞަ ސްމާޓް ބެޓެރި ބަދަލުކުރެވޭނެ (ސްވެޕިންގ) ޚިދުމަތް ޤާއިމުކުރުން

  3. ސްޓްރެޓެޖީ 03: ސްމާޓް ޕާކިންގ

    • ގޭގޭގައި ގަރާޖު ހެދުމަށް ހިތްވަރުދިނުމުގެ ގޮތުން ޢިނާޔަތްތައް ދިނުން

    • އޮޓޮމެޓިކް ލައިސަންސް ޕްލޭޓް ރިކޮގްނިޝަން ނިޒާމު ތަޢާރަފުކުރުން

    • އައި.އޯ.ޓީ ސެންސަރުގެ އެހީގައި ޕާކިންގ ޖާގަތައް ދެނެގަނެވޭނެ ނިޒާމު ޤާއިމުކުރުން

    • ޑިޖިޓަލްކޮށް ފައިސާ ދެއްކޭ ޕާކިންގ އެޕްލިކޭޝަނެއް ތަޢާރަފުކުރުން

  4. ސްޓްރެޓެޖީ 04: ޒަމާނީ ސްމާޓް ލިންކް ރޯޑް

    • ލިންކް ރޯޑު ޒަމާނީ ސްމާޓް ފެންވަރަކަށް އަޕްގްރޭޑްކުރުން

    • ބައިނަލްއަޤްވާމީ ފެންވަރުގެ މަގުމަތީ ނިޝާންތައް ކުރެހުމާއި ހަރުކުރުން

    • ޑިޖިޓަލް ސައިންބޯޑުތަކާއި އުޅަނދުތައް ދެނެގަންނަ އިންޓެލިޖެންޓް ނިޒާމުތައް ހަރުކުރުން

    • އޭއައިގެ އެހީގައި ޓްރެފިކް މެނޭޖްކުރުމާއި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުން